އަޅުގަނޑުމެންގެ ބޭނުމަކީ ކޮބާ؟
އަޅުގަނޑުމެންގެ ބޭނުމަކީ، މާލެއާ ދުރުހިސާބުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން، ޤާނޫނީވަކީލެއްގެ ޚިދުމަތް ބޭނުންވާ މީހަކު، ވަކީލަކު ހޯދަން ކުރަންޖެހޭ މަސައްކަތާއި، އެކަމަށްޓަކައި އޭނާ ހޭދަކުރާ ވަގުތަށާއި ފައިސާއަށް ލުއިކަމެއް ގެނެސްދިނުމެވެ. އެކަމަށްޓަކައި ގުޅާނެ ނަންބަރެއް ހޯދަން ނުޖެހުމެވެ. އެކަމަށްޓަކައި މާލެ އަންނަންނުޖެހުމެވެ. ވަކީލަކު ދިމާވިނަމަވެސް، އޭނާއަށް ފަހުން ނުގުޅިގެން އުޅެންޖެހޭ ޖެހުން ހުއްޓުމަކަށް ގެނައުމެވެ. ކުޅުދުއްފުށީ އޮފީހަށް އައުމުން އެހުރިހާ ކަމެއް އެއްފުރާޅެއްގެ ދަށުން ލަސްތަކެއްނުވެ ހަމަޖެހުމެވެ. އަތޮޅުގައި ރަށުގައި ތިއްބާ ވަކީލުގެ ޚިދުމަތްލިބޭވަރަށް، ޚިދުމަތް ކައިރިކޮށްދިނުމެވެ.
އަޅުގަނޑުމެން ކޮށްދެނީ ކޮންކަމެއް؟
އަޅުގަނޑުމެން މަސައްކަތްކުރާނީ، ޤާނޫނީ ހުރިހާ ކަމެއް އެއްފުރާޅެއްގެ ދަށުންކޮށްދިނުމަށެވެ.
އެކަށީގެންވާ އަވަސްމިނުގައި، އިތުބާރު ހިފޭގޮތަށް، ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މުވައްކިލަށް ލުއިފަސޭހަވާނެ ގޮތް ހަދައިނުމަށެވެ.
މަދަނީ ކަމެއްނަމަވެސް، ޖިނާއީ ކަމެއް ނަމަވެސް، ޓެކުހުގެ ކަމެއް ނަމަވެސް، މުވައްކިލަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމުގައި އެހީތެރިވެދިނުމަށެވެ. ކަމުގެ ތަޖުރިބާހުރި ވަކީލުން މެދުވެރިކޮށް، އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށެވެ.
އަޅުގަނޑުމެންނަކީ ކޮންބައެއް؟
އަޅުގަނޑުމެންނަކީ، އެތައް އަހަރެއްގެ ޤާނޫނީ ތަޖުރިބާއާއެކު، މިހާރުވެސް ޚިދުމަތުގައި ދެމިތިބި، ޤާނޫނީ ވަކީލުންގެ ޓީމެކެވެ. މާލޭގައި ޤާނޫނީ ޚިދުމަތްދޭ ލޯފާރމްތަކުގެތެރެއިން އިސް ސަފުގައި ގުނާލެވޭ ލޯ ފާރމެކެވެ. މާލޭގައި ޤާއިމުވެތިބެ ޤާނޫނީ ޚިދުމަތްދޭ އޮފީސްތަކުގެ ތެރެއިން، ރާއްޖޭގެ އެހެން ހިސާބެއްގައި ގޮފި ހަދާ ފުރަތަމަ އޮފީހެވެ.
އަޅުގަނޑުމެން މިތިބީ، ކުޅުދުއްފުށީގައި، މާލިހާމަގުގައި، މުޝްތަރީގޭގައެވެ. އެއްވެސް ޤާނޫނީ ކަމެއް މައްސަލައެއް އޮތްނަމަ، މި އޮފީހަށް ގުޅުއްވާށެވެ. ނުވަތަ ވަޑައިގަންނަވާށެވެ.
ޚިދުމަތް
އަޅުގަނޑުމެންގެ އަމާޒަކީ
މާލެނައިސް ވަކީލުންގެ ޚިދުމަތް ލިބޭނެގޮތް ހަދައިދިނުންމާއި އޮށްޓަރުހެޔޮ، އާރުލާ، އިތުބާރުއޮތް، ފަންނުވެރި ޚިދުމަތެއް ފޯރުކޮށްދިނުނުމުގެ އިތުރުން އަތްފޯރާފަށުގެ އަގެއްގައި، އެކަށީގެންވާ އަވަސްމިނުގައި ޚިދުމަތްދިނުމެވެ.